Commemorating a Decade of IUM Library Development | ކުތުބުޚާނާގެ ތަރައްޤީގެ ފަޚުރުވެރި 10 އަހަރު
IUM Library
0:00 / 0:00
Commemorating a Decade of IUM Library Development | ކުތުބުޚާނާގެ ތަރައްޤީގެ ފަޚުރުވެރި 10 އަހަރު
13 просмотров · 2 нед. назад
IUM Library
102 подписчика
13 просмотров · 2 нед. назад
އައި.ޔޫ.އެމް ކުތުބުޚާނާގެ ޑޮކިއުމެންޓްރީ: ތަރައްޤީއާއި ކާމިޔާބީގެ ފަޚުރުވެރި 10 އަހަރު.
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައި.ޔޫ.އެމް) ގެ ކުތުބުޚާނާއަށް 10 އަހަރު ފުރުން ފާހަގަކުރާ މި އުފާވެރި މުނާސަބަތުގައި، އަޅުގަނޑުމެން މި އަލިއަޅުވާލަނީ ވޭތުވެދިޔަ ދިހަ އަހަރުދުވަހުގެ ތެރޭގައި ހޯދާފައިވާ މުހިންމު ކުރިއެރުންތަކާއި، ތަރައްޤީގެ ފިޔަވަޅުތަކުގެ އިތުރުން ޙާޞިލުކުރެވުނު އަގުހުރި ކާމިޔާބީތަކުގެ މައްޗަށެވެ.
މި ޑޮކިއުމެންޓްރީން ފެނިގެންދާނީ، މި ކުތުބުޚާނާގެ ބިންގާ އެޅިގެން އައި ތާރީޚީ ފެށުމުން ފެށިގެން، ޒަމާނީ ފެންވަރުގެ އެކަޑަމިކް ކުތުބުޚާނާއަކަށް ބަދަލުވެގެންދިޔަ ހިތްގައިމު ދަތުރެވެ. އަދި އައި.ޔޫ.އެމްގައި އުނގަންނައިދިނުމާއި، އުނގެނުން އަދި ފުޅާ ދާއިރާއެއްގައި ދިރާސާކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން؛ ކުތުބުޚާނާގެ ޚިދުމަތްތަކަށާއި، ޑިޖިޓަލް ވަސީލަތްތަކަށާއި، ޓެކްނޮލޮޖީގެ އައު ހޯދުންތަކަށް ގެނެވިފައިވާ އިންގިލާބީ ބަދަލުތަކުގެ އިތުރުން، ތަޢުލީމީ ގޮތުން ހިންގުނު މުހިންމު ޕްރޮގްރާމްތަކާއި ޙަރަކާތްތަކުން ޙާޞިލުކުރެވުނު މުހިންމު ލަނޑުދަނޑިތައް ވެސް މި ޑޮކިއުމެންޓްރީން ހާމަވެގެންދާނެއެވެ.
ފާއިތުވި ދިހަ އަހަރުގެ ފަޚުރުވެރި ކާމިޔާބީތައް ފާހަގަކޮށް، އައި.ޔޫ.އެމް މުޖުތަމަޢަށް މިއަށްވުރެ ފުރިހަމަ ޚިދުމަތްތަކެއް ފޯރުކޮށްދެވޭނެ އުޖާލާ މުސްތަޤުބަލަކަށް އަމާޒުހިފަމުންދާއިރު، މި ތާރީޚީ މުނާސަބަތުގައި އަޅުގަނޑުމެންނާއެކު ބައިވެރިވެވަޑައިގެންނެވުމަށް ދަޢުވަތު އަރުވަމެވެ.
----------------------------------------------------------------------------
IUM Library Documentary: A Decade of Growth and Achievement
As we celebrate the 10th anniversary of the Islamic University of Maldives (IUM) Library, we look back on a decade of growth, development, and achievements.
This documentary highlights the Library’s journey, from its historical roots to its transformation into a modern academic library. It showcases key milestones in library services, digital resources, technological advancements, learning initiatives, programmes, and events that have contributed to supporting teaching, learning, and research at IUM.
Join us as we reflect on the achievements of the past ten years and look forward to a future of continued growth and service to the IUM community.